ގައުމުތަކާއި އެކުގައި ގާތް ގުޅުމެއް ބޭއްވިޔަސް، ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް ދުލެއް ނުދެއްވާނެކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް ”ވޮއިސް“އަށް ދެއްވި ބަސްދީގަތުމެއްގައި މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި، ހުރިހައި ގައުމަކާއިއެކުގައި ވެސް ގާާތް ގުޅުމެއް ބާއްވަވާނެ ކަމަށެވެ.

ރަހްމަތްތެރި ގައުމުތަކާއިއެކު އެއްވެސް ޖެހިލުމެއް ނެތި، ގާާތް ގުޅުމެއް އޮންނަން ޖެހޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

”އެހެންނަމަވެސް، އަޅުގަނޑުމެންގެ މިނިވަންކަން، އަޅުގަނޑުމެންގެ ސޮވެރްނިޓީ ހިމާޔަތްވާން ޖެހޭނެ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އޮންނަން ޖެހޭނެ،“

އެކުވެރި ބަދަހި ގުޅުމެއް، ކޮންމެ ގައުމަކާއިއެކުގައި ބޭޭއްވިޔަސް، އެކަމުގައި އިމެއް ހިފަހައްޓަން ޖެހޭނެ ކަމަށާއި، ެއެ އިން ފަހަނަ އަޅައި ދިޔުމަށް ފުރުސަތެއް ނުދެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

”އެންމެ ގާާތް ރައްޓެހިންނާއި، އަވަށްޓެރިންނާއި، އެ ގާާތްކަން، އެ އަވަށްޓެރިކަން އޮންނަން ޖެހޭނެ، އެ ނޫން ގޮތަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން ފޮރިން ޕޮލިސީ ބައްޓަން ކުރެވޭނެ ކަމަކަށެއް.“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ރާއްޖެއާއިއެކުގައި، އެކުވެރިކަމާއި ގާތްކަން ބޭއްވިޔަސް، މި ގައުމުގައި ހިނގާ ކަންކަމާއިމެދު ބަސް ބުނުމުގެ ފުރުސަތު އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ވަކި ގައުމަކާއި މާ ބޮޑަށް ގާާތްވެ، އެކަމުގެ ސަބަބުން އެހެން ގައުމުތައް ނުތަނަވަސް ކުރުވާނަމަ، އެއީ ރާއްޖެއަށް އެންމެ ރަނގަޅުވާނެ ހަރިޖީ ސިޔާސަތެއް ނޫން ކަމަށެވެ.