އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ”ދިވެހީންގެ ރާއްޖެ މެނިފެސްޓޯ“ އޮންލައިންކޮށް ބެލޭގޮތަށް ހާއްސަ ވެބްސައިޓެއް ތައާރަފްކޮށްފިއެވެ.

މި ވެބްސައިޓްގެ ލިންކަކީ https://www.dhiveheengeraajje.netއެވެ.

މުއިއްޒުގެ މެނިފެސްޓޯ ރަސްމީކޮށް އިފްތިތާހު ކުރީ މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭ ފޭސް ދޭއްގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.

އެ މެނިފެސްޓޯގައި ތަފާތު 19 ބާބު ހިމެނޭއިރު، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ގެދޮރުވެރިކަމަށެވެ.