ގދ.ތިނަދޫގެ ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އެންމެ ވަރުގަދަ ދެ ޒުވާނުން އެމްޑީޕީން ވަކިވެ، ޕީޕީއެމާއި ގުޅިއްޖެއެވެ.
އެ ދެ ޒުވާނުން އެމްޑީޕީއާއި ގުޅި ފޯމު ހަވާލު ކުރީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުއާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އާއެވެ.
ރޭ ސޮއިކުރި ދެ ޒުވާނުންނަކީ ކުރީގެ ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދާއި، ކުރީގެ ތިނަދޫ ކައުންސިލް ނައިބް ރައީސް އިބްރާހިމް ރިޔާޒުއެވެ.
އެމްޑީޕީ ދޫކޮށްލި ދެ ޒުވާނުން ބުނީ، އެމްޑީޕީން ވައުދުވި އެއްވެސް ކަމެއް ތިނަދޫއަށް ކޮށްދީފައި ނެތް ކަމަށެވެ.
އަދި ތިނަދޫ ރައްޔިތުންނަށް އެމްޑީޕީން ބޭވަފާތެރި ވެފައިވާ ކަމަށެވެ.
