ރާއްޖެއަށް 1988 ‏ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ކުރިމަތި އުދުވާނީ ހަމަލާގައި ޝަހީދުވެގެން ދިޔަ، ހުސެއިން އާދަމްގެ ބައްޕަ ނިޔާވެއްޖެއެވެ.

ޝަހީދު ހުސައިންގެ ބައްޕަ ނިޔާވިކަން ހާމަކުރައްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

ޑރ. މުއިއްޒު ވަނީ ޝަހީދު ހުސެއިން އާދަމްގެ ބައްޕައަށް ތައުޒިޔާ ވިދާޅުވެ ދުއާ ކުރައްވާފައެވެ.

ހދ.ކުދުއްފުއްޓަށް ނިސްބަތްވާ ހުސައިން އާދަމް ޝަހީދުވީއިރު، އުމުރުފުޅުން 19 އަހަރެވެ.