ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ބުނާ ވާހަކަ އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ ރައްޔިތުން އަތުން ފީ ނަގަން ނިންމާފައިވާ ކަމަށް ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށެވެ.

އަދި ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ ނާތަހުޒީބު އަމަލެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސިނަމާލެ ބުރިޖަކީ ރައީސް ޔާމީންގެ ދައުުރުގައި، މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ޗައިނާގެ އެހީއާއެކު ކުރިއަށް ގެންގޮސް ނިންމާފައިވާ މަސައްކަތެކެވެ.