ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފިއެވެ.

ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުން ޖުލައި 11 ވަނައެވެ. ސިންގަޕޫރަށް ބޭސްފަރުވާއަށް އަދީބު ވަޑައިގަތީ 10 ދުވަހަށެވެ.

އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބުގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްތަކަށް ބެލުމަށްފަހު އިތުރުކުރި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު، އަނެއްކާވެސް މުއްދަތު އިތުރުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފައެވެ.

ކަރެކްޝަންސްއިން ބުނީ އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް ބޯޑަށް ހުށަހެޅުމުން ބޭސްފަރުވާގެ މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.