އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްޝައިޚް އިލްޔާސް ޖަމާލް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޖޯޝާއި ފޯރީގައި ލަވަ ކިޔައިދޭ ވީޑިއޯއެއް އާއްމުވެ، އޭނާއަށް ވަރަށް ގިނަ މީހުންގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ވައިރަލްވަމުން އަންނަ ވީޑިއޯއަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގެ ތެރެއިން ވާހަކަ ދައްކަވަމުން އިލްޔާސް ޖަމާލް ކިޔާފައިވާ ލަވައެއްގެ ވީޑިއޯއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވަނީ، ޖަލްސާ ތަންކޮޅެއް ފޯރި ގަދަވުމާއިއެކުގައި، އޭނާ ލަވައެއް ކިޔާލަން ބޭނުންވެއްޖެ ކަމަށެވެ.
”އަނެއްކާ ރޮޒޭވެސް އިންނެވީމަ އަޅުގަނޑު ޒަމާނަކުން އައި ޒަމާނެއްގެ ވާހަކަ ދައްކާ ހިތްވެއްޖެ، ދިވެހިރާއްޖެއަށް އައި ރަން ޒަމާނެއްގެ ވާހަކަ“ އިލްޔާސް ޖަމާލު ވިދާޅުވެފައިވެއެވެ.
ތިރީގައި އެ ވީޑިއޯ ވެސް ހިއްސާ ކޮށްލާނަމެވެ.
ދެންފަހެ ޝޭހު އިލިޔާސް ޖަމާލު ދުނިޔެމަތީ ލެއްވި މަހުލޫގާތް ތަކާމެދު ވިސްނާ އޭނާ މި ދުނިޔޭގައި ލެއްވި މަގްސަދު ހޯދައިފިއެވެ. @miyadhuގެ ބަހުން ބުނާނަމަ އެ މަގުސަދަކީ "ރޮޒޭ" އަށްޓަކައި ލަވަކިޔައި ދީ، އަތުބެރަށް ނަށައި، ޕޯޑިއަމް ތަކުގައި ޝޯ ދިނުމެވެ. pic.twitter.com/Tf8HvWoptN
— Midhuam Saud(米渡)🇲🇻 (@midh_am) August 29, 2023
އަދާލަތު ޕާޓީގެ ބައެއް ދީނީ އިލްމުވެރިން ސަރުކާރަށް ސަނާ ކިޔަމުން ގޮސް، ކުރައްވާ މިފަދަ ކަންކަމުގެ ސަބަބުން، ވަރަށް ގިނައިން ހޫނު ފެނަށް ވެއްޓެއެވެ. މިފަދަ އަމަލުތަކާއި ހެދި، ދީނީ އިލްމުވެރިންނަށް ރައްޔިތުން ކުރާ އިހްތިރާމުވެސް ގެއްލޭ ކަމަށް، ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ މީހުން ބުނެފައިވެއެވެ. އަދި މަގާމާއި ފައިސާގެ ދަހިވެތިކަމުގައި ދީނީ އިލްމުވެރިން، އެމީހުންގެ މަގްސަދު ހަނދާާން ނައްތައިލައިފައިވާ ކަމަށް ވެސް، ޝެއިހް އިލްޔާސް ޖަމާލު ލަވަ ކިޔުމާއި ގުޅިގެން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފިއެވެ.
އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާާން ކުރިން ހުންނެވީ ތުނބުޅި ދިގު ކުރައްވައިގެންނެވެ. ޓްވިޓަރ ހޭންޑަލްގައި ނަމުގެ ކުރިއަށް ”ޝެއިހް“ ވެސް އޭރު ބޭނުން ކުރެއްވިއެވެ. ނަމަވެސް މިނިސްޓަރުކަން ލިބިވަޑައިގަތުމުން ތުނބުޅި ކުރު ކުރައްވައި، ޓްވިޓަރގެ ނަމުން ”ޝެއިހް“ ވެސް ވަނީ އުނި ކުރައްވައިފައެވެ.

މީގަަ ކޮބާާ މައްސަލަޔަކީީ. ލަވަަ ކިޔުމަކީީ ހަރާމްް ކަމެއްނޫންް.
ގައުމީީ ލަވަަ ކިޔުނަަ ހުއްދަަ. އަދިި ލަވަކީީ މިޔުޒިކާވެސްް ނުލާާ. މީގަަ އެއްވެސްް މައްސަލައެއްް ނެތްް.
މީކޮންކަހަލަސޭހެން ސޯލިހަންދަނާކިޔަމުންގޮސް ދީނަށްފުރަގަސދެވޭއިރުވެދް.ނޭގެ މުދިމަކު ކުރިސްޓިޔަނެއްދެ ީލޯބިން ދީންދޫކުރީ. ލޯބިވީއަހެންކުއްޖާ ެސ.ނުލިބި އާހުރެންވެސްގެއް.ވަގުތުއްމުދިމު އެކުއްޖާބަލައްހަދާގެން.ފުރާޅުއްވެެްޓިވީމަރު ކީކުރާނި ހެޔޮވިސްނުންދެއްވާށި
ޢައްޗީޑި މުޅި ދުނިޔެ ފަސާދަވެ ނިމިއްޖެ