ރަމަޟާން މަހުގެ ފަހު ދިހައަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ކަނޑައަޅުއްވާނެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ބ. އޭދަފުށީގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހީންނަކީ އިސްލާމުންނަށް ވާތީ މި ގައުމުގެ ހުރިހާ ކަމެއް ވެސް ބިނާވާން ޖެހޭނީ ދީނުގެ މައްޗަށް ކަމަށެވެ.
އަދި ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅަން ވާނީ ވެސް ދީނީ އަޅުކަންތައް ކުރުމަށް މަގުފަހިވާ ގޮތަށް ކަމަށެވެ.
އެގޮތުން، އޭނާގެ ވެރިކަމެއްގައި ރަމަޟާންމަހުގެ ފަހު ދިހަ އެކީގައި ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން، ރޭ އަޅުކަން ކުރުމަށް ފަސޭހަވެ، އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ކަން ކުރުމަށް ވެސް ފަސޭހަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރޯދަމަހު ފަހު ދިހައިގައި ގްރޭޑް އަށަކުން ދަށުގެ ކުދިންނަށް ސްކޫލް ވެސް ބަންދުވާނެ ކަމަށެވެ.
