ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ތާއީދު އޮތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ހައިކޯޓުގައި ދާދިފަހުން ބޭއްވި އަޑުއެހުމަކަށްފަހު، މުއިއްޒަށް ރައީސް ޔާމީން ފާޑުކިޔުންތަކެއް އަމާޒުކުރި ކަމަށް ބުނެ އޮންލައިން މީޑިއާއަކުން ފެތުރި ހަބަރަކާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނީ އެ ހަބަރުގައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ހަބަރުގައިވާ ފަދަ އެއްވެސް ވާހަކައެއް ރައީސް ޔާމީން ދައްކަވާފައި ނުވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މުއިއްޒު އިންތިހާބު ކުރެއްވުމަށް ރައީސް ޔާމީން ނުހަނު ބޮޑަށް ބޭނުންފުޅުވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި ވަނީ ރަައީސް ޔާމީނަށް ނަފްރަތު ކުރާ އަދި އެމަނިކުފާނަށް ނުހައްގު އަނިޔާ ދެމުންދާ ފަރާތްތަކުން ރާވައިގެން ފަތުރާ މިފަދަ ބުހުރާނު ދޮގު ވާހަކަތަކަކީ ޕިޕީއެމް-ޕީއެންސީ ގެ މެންބަރުންނާއި ރައީސް ޔާމީނަށް ތާއީދު ކުރައްވާ އާންމު ރައްޔިތުންގެ މެދުގައި ފިތުނަ އުފައްދަ ބައިބައިކޮށް މި ރިޔާސީ އިންތިހާބު އިދިކޮޅަށް ކާމިޔާބު ވިޔަ ނުދިނުމަށްޓަކައި ކުރާ ވަރަށް ފިނޑި އަމަލުތަކެއް ކަމަށްވެސް ބުނެފައެވެ.
އަދި އެފަދަ ވާހަކަތައް ގަބޫލު ނުކުރުމަށާއި ހުރިހާ ފަރާތްތަކެއް ވެސް އިތުރު ހިތްވަރެއްލައި މުއިއްޒަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށް ވީ އެންމެ ބޮޑަކަށް މަސައްކަތްކޮށްދިނުމަށް ވަނީ އެދިފައެވެ.

އެކަމު އެހެން ނޫސް ތަކުން ބުނަނީ ތިޔާމުޅިން ޚިލާފަށް. ކިހިނެއް މި ވަނީ. ޓޮމް އާ ތޯރިޤް ގެ ބަހެއް ބޭނުން. ތިވާހަކަ ތައް އޭރުން ސާފުވާނީ.