ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއިއެކުގައި، ސިޔާސީ ގޮތުން އެއްދާން ކުރާ ޕާޓީތަކުން ވެސް މިހާރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ގަބޫލުކޮށްފައިވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް ޖޭޕީއަށް ނުސީދާކޮށް ފާޑުވިދާޅުވީ، .ފޮނަދޫގައި، ޕީޕީއެމް-ޕީއެންސީއިން ބޭއްވި ރިޔާސީ ކެމްޕެއިނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރާއެކު މިހާރު ވެސް ކޯލިޝަން ހަދައިފައިވާ، ޖުމްހޫރީ ާޕާޓީ(ޖޭޕީ)އިން މި ފަހަރު ރިޔާސީ އިންތިހާބަށް ނުކުންނަން ނިންމައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމް ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، އެންމެ ބޮޑަށް ދައްކަވާ އެއް ވާހަކަ އަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި ވާހަކަ އާއި، އެމީހުން ބޭރު ކުރަން ޖެހޭ ވާހަކައެވެ.
ނަމަވެސް ގާސިމް މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އެކަން އިނގެނީ ހަމައެކަނި ނޫސްތަކުން ކަމަށެވެ.
ޝަހީމްގެ ވާހަކައިގައި އެ އިޝާރާާތް ކުރެއްވީ ޖޭޕީއަށް ކަމަށް ބެލެވެއެވެ.
އޭނާ ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ވާހަކަ، ޕީޕީއެމް-ޕީއެންސީއަށްވުރެ ބޮޑަށް މިހާރު ދައްކަނީ ”އެމީހުން“ ކަމަށެވެ.

”މީގެ ދުވަސްކޮޅެއް ކުރިން ބުނީ، ނެތޭ ސިފައިންނެއް، ކޮންތާކުތޯއޭ ތިބީ، ނުފެނެއޭ، އެކަމަކު އިންތިހާބު ތުންފަތްމައްޗަށް އައިސް، ވެއްޓުނީމާ މި ބުނަނީ، އެބަ ތިއްބޭ ސިފައިން.“ ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގައި ތިބި، ބޭރުގެ ސިފައިންގެ ”ބޫޓު ޖޯޑުތައް“ ބާލާނެ ކަމަށް، އިދިކޮޅު ލީޑަރު، ރައީީސް ޔާމީން މާ ކުރިން ވެސް ވިދާޅުވެފައިވާ ކަމަށެވެ.
ރާާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރަން ސަރުކާރުން ފަސް ޖެހުމުން، އެ ގައުމުގެ އެތައް ސަތޭކަ ސިފައިން ތިބިކަން އެނގޭ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރަން ސަރުކާރަށް ގޮވައިލައްވައިފައެވެ.

ޑރ. ޝަހީމަކީ މިހާރު ދިވެހިން ގަބޫލު ކުރާ ޝަޙުސިއްޔަތެއް ނުން. ޝަހީމް ވެސް އުޅެނީ ވެރިކަން ނުލިބިގެން. ތިހާ ހިތްހެޔޮ ބޭފުޅެއް ނަމަ އަމިއްލަ އުފަން ރަށުން ތާއީދު އޮތީސް.
ޝަހީމު، އަނާރާ ޢަލީ ރަމީޒުވެސް އެފަދަ. މިސްކިތަށްދާ މިހުންގެ އަތުން ޓެކްސް ނަގަން ބުނި، އަދި ލާރިއެއް އަރަށް އެރީމަ ހަލާލުތޯ ނުބަލާކެޔަސް އޯކޭކަމަށް ބުނި މޭސްތިރި އަދި އެތައް ކަޓެއް ނަގައިގެން މިނިސްޓަރުކަން ކުރި މީހާގެ ފަހަތަށް އަރާ ތިބި ބައެއް ދެން ކީކެ ކިޔަން..