ރައީީސް ޔާމީންގެ ވެރިކަމުގައި އަޅައިފައިވާ ސިނަމާލެ ބްރިޖް ފުޅާ ކުރަން، ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ބްރިޖް އަޅަން ވައުދުވެ، އެކަން ނުވި އެމްޑީޕީން ވައުދުވެއްޖެއެވެ.
”ކާރޫބާރޫ ބޮޑު މަގުތަކުން މިންޖުވުން“ ސުރުހީގެ ދަށުން އެމްޑީޕީގެ ”އުފާވެރި މާލެ“ މެނިފެސްޓޯގައި ހިމަނާފައިވާ ސިޔާސަތުތަކުގެ ތެރޭގައި ބްރިޖަށް ދެ ލޭން އިތުރުކުރުމާއި ރޭލް ތައާރަފުކުރުން ހިމެނެއެވެ.
އަދި މުޅި މާލެ ސަރަހައްދަށް ރޭލްގެ ހިދުމަތް ފުޅާކުރުމަށް ހިމަނާފައިވެއެވެ. އެއީ މާލެ، ހުޅުލެ، ހުޅުމާލެ، އަދި ވިލިމާލެ އާއި ގުޅިފަޅު، ތިލަފުށީ އަދި ގިރާވަރެވެ.
މި ވައުދަށް ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. މި ސަރުކާރުން ފަށާފައިވާ ތިލަމާލެ ބްރިޖްގެ މަޝްރޫއު ވެސް ވަރަށް ލަސްކޮށް ކުރިއަށްދާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތަށް، ދައުރު ނިމެންވާއިރަށް، އެ ބްރިޖް ވިލިނގިއްޔާ ހަމައަށް ވެސް އެޅިފައެއް ނުވެއެވެ.

ރައިސްސޯލިހުތިބޭފުޅާ.ރައިސްޔާމީނުއެޅުއްވިބުރިޖުފުޅާކުރުމައްވުރެއްރަގަޅުވާނެވިލިމާލެބުރިޖުފުޅާކުރިއްޔާ)ރައިސްސޯލިހުތިބޭފުޅާއަށްކުރެވޭނެކަމަކީރަތްޔިތުއްދަރަނިކޮއްލުމާއިސަރުކާރުގެމުދަލާއިފާސާނަހަމަގޮތުގަބޭނުއްކޮއްގެއްރަތްޔިތުއްގެހައްގުތައް.ފޭރުމާއި))
ދައުލަތުގެހަޒާނާއިންވަށްކައްކުރުއްނޫކަމެއްތިބޭފުޅާއަކައްނުވާނެ
ބުރިޖްބޮޑުކުރެވޭނީ ކިހިނެއް އަޅަން ފެށި ބުރިޖްވެސް ފަސްއަހަރު ވީއަރުވީއިރުވެސް ތިއުޅެނީ ނޭޅިގެން