ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރޭ އަޅުކަން ކުރައްވާކަން، މިއަދު މީޑިއާގައި ހާމަކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ރާއްޖެޓީވީއަށް މިއަދު ދެއްވި ބަސްދީގަތުމެއްގައެވެ. މިއީ އެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެކެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ފަތިހު 4:00ހާއިރު، ހޭފުޅުލައްވައި، ދަމު ނަމާދު ކުރައްވާ ކަމަށެވެ.
އަދި ފަތިސް ނަމާދަށް ބަންގި ގޮވަންދެން ޤުރުއާން ވެސް ކިޔަވާ ކަމަށެވެ. އަދި ޤުރުއާނުގެ ތަރުޖަމާ ވެސް ވިދާޅުވާކަން ހާމަކުރެއްވިއެވެ.
”ބައެއް ދުވަސްދުވަހު، ޤުރުއާނުގެ ތަރުޖަމާ އާއި ވެސް ކިޔަން. ދެން ފަތިސް ނަމާދަށް ބަންގި ގޮވީމާ، ނަމާދުކޮށްގެން ލިބޭނެ ގާތްގަނޑަކަށް ގަޑިއެއްހާއިރު، އެ ގަޑީގަ، ކުޑަކޮށް، ދުވަހުގެ ކުރިއަށް ހުރި ކަންތައްތަކާ ދޭތެރޭގަ ވިސްނާލާ ފިކުރު ހިންގާލަން.“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ދުވަހަކު ކަސްރަތު ވެސް ކުރައްވާ ކަމަށެވެ.

ޖާހިލުކަން ދެއްކުމުގެގޮތުން ރާބުއިވާހަކަ ނުބުނީ ކީއްވެބާ