މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރު ކުރުމަށް މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ދައުލަތުން ދައުވާކުރާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައައާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ހޯދަމުން އަންނަނީ ހ.ރަތްކުންނާރުގެ އާރިޝް ޝިޔާމް (29އ) ކަމަށެވެ.

އޭނާ ހޯދަމުން ދަނީ ބަންދުގައި ބަހައްޓައިގެން މާދަމާ 11:15 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ފުލުހުން ވަނީ އާރިޝް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައެވެ.