ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް ލ.މާވަށުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މިއީ ރިޔާސީ ކެމްޕެއިނުގައި މުއިއްޒު ލ.އަތޮޅަށް ވަޑައިގެންނެވި ދެވަނަ ފަހަރެވެ.

ފުރަތަމަ ދަތުރުފުޅުގައި ވަޑައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ.

އެގޮތުން ހުކުރު ދުވަހުގެރޭ ފޮނަދޫގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހު ހޮނިހިރު ދުވަހު އެނބުރި މާލެ ވަޑައިގަތީ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ. ލ.އަތޮޅަކީ އިދިކޮޅު ޕީޕީއެމަށް ތާއީދު ބޮޑު އަތޮޅެކެވެ.