ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިނާއި ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހީމް މިރޭ ގުޅިވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމުން ބުނީ، ރައީސް ޔާމީންގެ އަނބިކަނބަލުން، މެޑަމަ ފާތުން މިރޭ މުއިއްޒުގެ ކެމްޕޭނާ ގުޅިވަޑައިގަތުމަށްޓަކައި ކާނިވާ ސަރަހައްދުގައި ހުރި މުއިއްޒުގެ ކެމްޕޭން އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެކަމަނާ ޖަގަހައަށް ވަޑައިގަންނަވާނީ، މިރޭ 8:30ގައެވެ.
މެޑަމް ފާތުން ސިޔާސީ މަސައްކަތްތަކާއި ދުރުގައި ހުންނަވާތާ ވަރަށް ގިނަ ދުވަސް ވަނީ ވެފައެވެ.
އެކަމަނާ މުއިއްޒުގެ ކެމްޕެއިނާ ގުޅިވަޑައިގަތުމަކީ ރައީސް ޔާމީންގެ ތާއީދު މުއިއްޒުއަށް އޮތްކަން، ޔަގީންކޮށްދޭނެ ކަމެކެވެ.

ލަސްވެސްވެޢޖެ ސީދާފާޅުގަނުކުތުން