އެތައް ދުވަހެއް ވަންދެން ސިޔާސީ މައިދާނާއި ދުރުގައި ހުންނެވުމަށް، ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހީމް، ރޭ ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިން އޮފީީސް ”ދިވެހީންގެ ޖަގަހަ“އަށް ވަޑައިގެންފައެވެ.

ރައީީސް ޔާމީންގެ ވެރިކަމުގައި ކަނބަލުންނާއި ވަރަށް ގާތުން މަސައްކަތް ކުރެއްވި މެޑަމް ފާތުން، ކާނިވާ ސަރަހައްދުގައި ހުންނަ އެ ޖަގަހައަށް ވަޑައިގަތުމުން، ކަނބަލުންގެ ފަރާތުން އެކަމަނާއަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މި މަންޒަރު ފެނިވަޑައިގަތުމުން، މެޑަމް ފާތުންއަށް ކީރިތި ކުރެއްވުނެވެ.

ރޭގެ ރަސްމިއްޔާތުގައި، އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުއިއްޒުގެ އަނބިކަނބަލުންނާއި، މުއިއްޒުގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.