މިރޭ ވެރިރަށް މާލޭގައި ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، ”އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް 2023“ ގައި ދިވެހިރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 21:00ގައި އިއްޒުއްދީން ފާލަން ސަރަހައްދުގައި ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 10 މިނެޓެއްހާއިރު ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އައިއޯއައިޖީގައި ބައިވެރިވި ދިވެހި އެތްލީޓުން ހޯދި ރަން ކާމިޔާބީތައް ފާހަގަކޮށް މަރުޙަބާ ކިޔުމަށް މިރޭ 21:00ގައި ރަތް ދޫލައިން ޖުމްހޫރީ މައިދާން ފުރާލުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފައެވެ.
