ރިޔާސީ އިންތިހާބަށް ތިން ދުވަހަށް ވުމުން، މިދިޔަ ފަސް އަހަރުގެ ޕާކިން ސްޓިކާ ޖޫރިމަނާގެ ތެރެއިން ދައުލަތަށް ނުލިބިވާ ފައިސާ މައާފުކޮށް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިކަން މިގޮތަށް ނިންމެވީ މާލޭގައި އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަ ނެތި ސްޓިކާ ޖަހަމުން ދިއުމުގެ ސަބަބުން ޖޫރިމަނާތައް އިތުރުވަމުންދާ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުންދިޔުމާއ،ި ޓްރެފިކް ގަވާއިދާ ހިލާފުވެގެން ޖޫރިމަނާ ކުރާ މިންވަރު އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުން ދިޔުމާ ގުޅިގެން ކަމަށެވެ.
އަދ،ި ކޮވިޑް 19 އާ ގުޅިގެން މާލީ ގޮތުން ޢާންމުންގެ ދިރިއުޅުމަށް އައި ބޮޑެތި ބަދަލުތަކާއެކު، މިފަދަ ޖޫރިމަނާ ފައިސާ ނުދެއްކި އިތުރުވަމުންދިއުމާއ،ި މިކަން މިގޮތަށް ހިނގަމުންދާކަން ރައީސަށާއޮ ސަރުކާރަށް ވެސް ޤަބޫލުފުޅުކުރެއްވޭތ،ީ ރައްޔިތުންނަށް ލުއި ގޮތެއް ހޯއްދަވަދެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ ވަކި ހާލަތަށް ރިއާޔަތްކޮށް، ޖޫރިމަނާގެ ބާވަތަށް ބަލައި ޓްރެއިނިންގ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ޖޫރިމަނާތަކަށް މައާފު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މީގެ ތެރޭގައ،ި ލައިސަންސް ލިބިފައިވާ މީހާ ދުއްވި އިރު އަތުގައި ލައިސަންސް ނެތި ދުއްވުމާއ،ި ލައިސަންސް ގެއްލިފައިވަނިކޮށް ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ނުވަތަ ހަލާކުވެފައިވަނިކޮށް ދުއްވުމާއ،ި އެއްގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުން ނުވަތަ ބޭނުންކުރުން ހިމެނެއެވެ.
ޕާކިން ޖޫރިމަނާގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް މި ސަރުކާރުން ހޯދިއެވެ. ރިޔާސީ އިންތިހާބާއި ދިމާކޮށް ޖޫރިމަނާ މާފު ކުރުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ.
