ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމްގެ ހަގު އަނބިކަނބަލުން ފާތިމަތު ރާނިއާ އަބްދުލް ހަމީދު ވެސް ޤާސިމްގެ ކެމްޕެއިނާ ގުޅިވަޑައިގަންނަވައިފިއެވެ.
އުމުރުން 23 އަހަރުގެ ރާނިޔާ، ޤާސިމްއާ ކައިވެނިބައްލަވައިގަތީ 2020 ވަނަ އަހަރުއެވެ.
ރާނިޔާ ވަނީ، އދ. ދަނގެއްޗަށް ވަޑައިގެން ޖޭޕީއަށް ތާއީދު ކުރާ ފަރާތްތަކާއިއެކުގައި، ކެމްޕެއިން ހަރަކާާތް ހިންގަވައިފައެވެ.
ޤާސިމްގެ އަނބިންގެ ތެރެއިން ސިޔާސީ ދާއިރާގައި އެންމެ އިސްކޮށް އުޅުއްވަނީ ޓްރާންސްޕޯޓް މިނިސްޓަރު، އައިޝަތު ނަހުލާއެވެ. ނަހުލާ އަކީ ޖޭޕީގެ ޑެޕިއުޓީ ލީޑަރެއް ވެސް މެއެވެ.
