ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރެއްވުމަށް ނިންމަވައިފައިވާ ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިހު އަލީ ޒައިދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތާއީދުކުރަމުން އައި ފަރާތެކެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޒައިދު ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ޑރ. މުއިއްޒަށް ތާއީދު ކުރައްވާ ކަމަށާއި، އެ ނިންމެވުން ނިންމެވީ، މިވަގުތު ޤައުމުގެ ވެރިކަމަށް އެންމެ މުނާސަބު ކެންޑިޑޭޓަކީ މުއިއްޒު ކަމުގައި ގަބޫލުކުރެވޭތީ ކަމަށެވެ.

ޝެއިހު ޒައިދު މުއިއްޒުއަށް ތާއީދު ކުރެއްވިއިރު، މިހާރު ވެސް ގިނަ އިލްމުވެރިން ތާއީދު ކުރައްވަނީ މުއިއްޒުއަށެވެ.