މާލެ އިން ފުރައިގެން ބ. އަތޮޅަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

ފުލުހުން ބުނީ، މާލެ އިން ބ. އަތޮޅަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ދަރަވަންދޫއާ ދިމާލު ބޭރަށް އަޑިއަށް ދާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:40 ހާއިރު ކަމަށާއި، އެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތެރިވަމުންދާ ކަމަށެވެ.

އެ ދޯނީގައި ތިބި އެންމެންވެސް މިހާރު ވަނީ ފުލުހުންގެ ލޯންޗަށް ނަގައިފައެވެ .ދޯނި އަޑިއަށް ދިޔައިރު ދޯނީގައި ތިބި ދިވެއްސަކާއި 12 ބިދޭސީންނެވެ.