މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓު ނުލަނީސް، އުފާ ފާޅުކުރަން ތައްޔާރުވާާން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވައިލައްވައިފިއެވެ.

ރިޔާސީ ކެމްޕޭނުގައި ކ.ދިއްފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުން އަދި މެދުރާއްޖެތެރެއިން ވެސް އިވެނީ އެއް އަޑެއް ކަމަށެވެ.

އެއީ އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރަން ރައްޔިތުން ބޭނުންވާ ކަމުގެ އަޑު ކަމަށާއި، މިކަން މިހާރު އޮތީ ނިމިފައި ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.

މި ކާމިޔާބުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

”އެއްވެސް ބޭފުޅަކު ބާކީވެ ވަޑައިނުގެން އަޅުގަނޑުމެންނާއެކީ އިރާދަކުރެވިއްޔާ މާދަމާ ރޭ އުފާފާޅުކުރަން ތައްޔާރުވެ ވަޑައިގަތުން،“ ރައީސް ވިދާޅުވިއެވެ.