މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.

ހެނދުނު 08:00 ގައި ވޯޓުލުން ފެށިފައިވާއިރު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އެ ކެންޑިޑޭޓުންނަކީ:

1. އުމަރު ނަސީރު (އަމިއްލަ ގޮތުން)

2. ހަސަން ޒަމީލު (އަމިއްލަ ގޮތުން)

3. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އެމްޑީޕީ)

4. ޑރ. މުހައްމަދު މުއިއްޒު (ޕީއެންސީ)

5. ގާސިމު އިބްރާހީމް (ޖުމްހޫރީ ޕާޓީ)

6. އަހުމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)

7. އިލްޔާސް ލަބީބު (ދަ ޑިމޮކްރެޓްސް)

8. ކާނަލް މުހައްމަދު ނާޒިމް (އެމްއެންޕީ)

މިއަހަރުގެ އިންތިހާބުގައި ޖުމުލަ 282،395 މީހުންނަަށް ވޯޓުލުމުގެ ހައްޤު ލިބިގެންވެއެވެ.

އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކާއި ހިލާފަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވަކި ކުލައަކުން ވޯޓު ލުމަށް ރައްޔިތުންނަށް އަންގާފައެވެ.

ނޫ ނުވަތަ ކަޅު ގަލަމަކުން ވޯޓު ލުމަށް އަންގާފައިވާއިރު އެ ނޫން ކުލައެއްގެ ގަލަމަކުން ވޯޓު ލައިފިނަމަ އެ ވޯޓު ކަރުދާސް ބާތިލް ވާނެއެވެ.