ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމް ވޯޓު ލައްވައިފިއެވެ.

ގާސިމް މިއަދު ވޯޓު ލައްވާފައިވަނީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައި ހުރި މާފަންނު ހުޅަނގު-1 ފޮއްޓަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމުލަ 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ.

އިންތިހާބަށް ޖުމުލަ 574 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

މީގެ ކުރީގެ ރިޔާސީ އިންތިހާބުތަކާއި ހިލާފަށް މިފަހަރުގެ އިންތިހާބުގައި ވޯޓުލާއިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ވަކި ކުލައަކުން ވޯޓު ލުމަށް ރައްޔިތުންނަށް އަންގާފައެވެ.

ނޫ ނުވަތަ ކަޅު ގަލަމަކުން ވޯޓު ލުމަށް އަންގާފައިވާއިރު އެ ނޫން ކުލައެއްގެ ގަލަމަކުން ވޯޓު ލައިފިނަމަ އެ ވޯޓު ކަރުދާސް ބާތިލް ވާނެއެވެ.