އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ހުކުމް ތަންފީޒު ކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ އަންނާރުމާގޭ ހަސަން މޫސާ ދީދީ މިއަދު މަރުވެއްޖެއެވެ.

މަރުވިއިރު، އޭނާގެ އުމުރަކީ 85އެވެ.

ޙަސަން މޫސާ ދީދީ ހަރަކާތްނުކުރާކަން ފާހަގަކުރެވިގެން، އެމެޖެންސީކޮށް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ހެނދުނު ގެންދިއުމުން، ޑޮކްޓަރ ބެލުމަށްފަހު 9:55 ހާއިރު އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި އޭނާ މަރުވީ ހިތްހުއްޓިގެންކަމަށް ބުނެފައިވެއެވެ.

ޙަސަން މޫސާ ދީދީ އަކީ ކުޑަ ކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމާ ގުޅިގެން 25 އަހަރު ދުވަހުގެ ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ޤައިދީއެކެވެ.