މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް، އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން ކަށަވަރު ވެއްޖެއެވެ.
މި ފަހަރުގެ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރައްވާފައިވެއެވެ. އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތަ ވޯޓު ލިބިފައެއް ނުވެއެވެ.
އެންމެ ކުރީގައި އުޅުއްވާ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއަށް 71،009 (44.5 ޕަސެންޓު) ވޯޓު ލިބިވަަަޑައިގެންފައިވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ލިބިވަޑައިގެންފައި ވަނީ 62،576 (39.4 ޕަސެންޓު) ވޯޓެވެ.
ތިން ވަނަ ލިބިވަޑައިގެންފައި ވަނީ، 9،904 (6.5 ޕަސެންޓު) ވޯޓާއެކު ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބަށެވެ.
މި ފަހަރުގެ އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮށި ބަހައްޓާފައި ވާއިރު މިހާތަނަށް ވަނީ 426 ވޯޓު ފޮށީގެ ވޯޓު ގުނާ ނަތީޖާ ވަނީ އިއުލާނު ކޮށްފައެވެ.
