ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޓީމް މާ ގަދަ ކަމަށާއި އެ ޓީމަށް އެމަނިކުފާނު ބޭނުންނުވާނެ ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓް، ”އެމްއެން އަންއޮފިޝަލް“އިން ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ އެމަނިކުފާނާއި ރައީސް ސޯލިހާއި އެކުގައި ތިއްބެވި ފޮޓޯއެއް ހިއްސާކޮށް އެމްޑީޕީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓަކު ކުރި ޓުވީޓަކާ ގުޅިގެންނެވެ.
”ރައީސް ސޯލިހުގެ ޓީމް މާ ގަދަ. އެ ޓީމަށް އަޅުގަނޑު ބޭނުމެއްނުވާނެ. އަދިވެސް ނޭނގެނީ ދޯ“ ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވަނީ ރައީސް ނަޝީދު ލީޑްކުރައްވާ ދަ ޑިމޮކްރެޓްސްއަކީ އެމަނިކުފާނަށް ޗެލެންޖެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކަލޭ ތިޔައީ މިގައުމަށް ޖެހިފައި އޮތް ބަލާވެރި ކަމެއް
ޒާތީ ކަމެއްގައި ގައުމު ތި ދުއްވާލަނީ.