ިރިޔާސީ އިންތިހާބުގައި ޖެހުނު ހިސާބު ގޯޯސް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު މިގޮތަށް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، 56 އިންސައްތައަށްވުރެ މަތިން، މި ފަހަރުގެ އިންތިހާބު ކާމިޔާބު ވާނެކަމަށް، އޭނާ ކުރިން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.
”ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން.“ އިގްތިސާދީ ވަޒީރު، މިއަދު ކުރެއްވި ޓްވީޓުގައިވެއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒުއަށް، 101،180 ވޯޓު ލިބިވަޑައިގެންނެވިއެވެ.
އެންމެ ގާތުން މުއިއްޒު އާއި ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ، 85،935 ވޯޓެވެ.
މުއިއްޒުއަށް 46 އިންސައްތަ ލިބިވަޑައިގެންނެވިއިރު، އަދާލަތާއި އެމްޑީއޭގެ ކޯލިޝަނާއެކުގައި ނުކުތް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ، 85،935 ވޯޓެވެ. ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށެވެ. އޭނާއަށް ލިބިވަޑައިގަތީ، 15،600 ވޯޓެވެ. ޖޭޕީގެ ގާސިމް އިބްރާހީމަށް 5،610 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރަށް، 6،324 ވޯޓު ލިބިވަޑައިގެންނެވިއެވެ.
އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ނާޒިމްއަށް 1،860 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ގޮތުން ވާދަ ކުރެއްވި ޒަމީލަށް ލިބިވަޑައިގަތީ 341 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
