ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ އެޖެންޑާގައި އޮތީ ރައީސް ނަޝީދު ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރު ކުރިއަށްގެންދާނެ ގޮތާމެދު ގޮތް ނިންމުން އެކަންޏެވެ.

މާދަމާ އެ މައްސަލައިގެ ވޯޓަށް އަހަން ގަސްދުކުރާކަން ރައީސް ނަޝީދު ވަނީ މައްސަލަ އެޖެންޑާކޮށް މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ހާމަކުރައްވާފައެވެ.

”އަޅުގަނޑު އުންމީދު ކުރަނީ މާދަމާ އިތުބާރު ނެތްކަމުގެ ވޯޓަށް އެހޭނެ ކަމަށް. މުޅި މަޖިލީހުގެ ކޮމިޓީއަށް ނުގޮސް ނިންމަން އަޅުގަނޑު ބަލާނަން. މާދަމާ ވޯޓަށް އަހަން ގަސްދުކުރަނީ،“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުށަހަޅަން އެމްޑީޕީން ނިންމައި މަޖިލީހަށް އެ މައްސަލަ އިއްޔެ ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮއި އާއެކުގައެވެ.

އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް ނަޝީދުގެ ތާއީދު ނެތި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް، އިއްޔެގެ ރިޔާސީ އިންތިހާބުގައި 40 އިންސައްތަ ވޯޓު ވެސް ލިބިވަޑައިނުގަންނަވައެވެ.

 

ި