ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އާންމުކޮށްފައި ވާއިރު ނާޒިމް އަށް ލިިބިވަޑައިގެންފައި ވަނީ 1700 ވޯޓެވެ.

ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ އަށް ވޯޓު ދިން ހުރިހާ ރައްޔިތުންނަށް ޝުކުރާ އަދާކުރައްވާފައެވެ.

ހަމައެހެންމެ ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށާއި ޤައުމުގެ ކުރިއެރުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.