ވާދަވެރި އެއްވެސް ކެންޑިޑޭޓަކަށް، ޑރ.މުހައްމަދު މުއިއްޒު ބުރަ ބަހެއް ވިދާޅުނުވެ، ކެމްޕެއިން ކުރެއްވިކަން ފާހަގަކުރައްވައި، އެމަނިކުފާނަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ތައުރީފު ކުރައްވައިފިއެވެ.
ޑރ ޝަހީމް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.
ޝަހީމް ވިދާޅުވީ ނުފޫޒާއި، އެންޓި ކެމްޕޭނާއި، ފައިސާއާއި ބޭރުގެ ނުފޫސާއި މިފަދަ އެތައް ދާއިރާއަކުން ގޮންޖެހުންތައް ހުރި އިރުވެސް އެހެން އެއްވެސް ކެންޑިޑޭޓަކަށް ޑރ މުޢިއްޒު ދެރަ ބަހެއް ވިދާޅުނުވާ ކަމަށެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިފައިވަނީ ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒެވެ. އެމަނިކުފާނު ވަނީ، ލައްކައަކަށްވުރެ ގިނަ ވޯޓާއިއެކުގައި، ތާރީހީ ކާމިޔާބީއެއް ހޯއްދަވައިފައެވެ.
އިންތިހާބުގެ ދެވަނަ ބުރު ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ދެވަނަ ބުރުގައި ވާދަކުރައްވާނީ ޑރ މުއިއްޒާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
