ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދު އިތުރު ކޮށްދެއްވައި، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން ދެއްވި މި މެސެޖު ހާމަކުރެއްވީ، އެމަނިކުފާނުގެ އިސް ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙުމަދެވެ.
ރައީީސް ޔާމީން އެދިލެއްވީ، ގައުމަށްޓަކައި، މުއިއްޒަށް ތާއީދު އިތުރު ކޮށްދިނުމަށެވެ.
”ޑރ. މުއިއްޒަށް ތިޔަބޭފުޅުންގެ އިތުރު ތާއިދު ދެއްްވައި، ހިތްވަރު ކުރައްވާ ދެވަނަ ބުރު ކާމިޔާބު ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ“. ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގެންނަވާ ޑރ. މުހައްމަދު ޖަމީލް އަހްމަދު މެދިވެރިކޮށް އެމަނިކުފާނު ދެއްވި މެސެޖްގައި ވެއެވެ.
އެ މެސެޖުގައި ރައީސް ޔާމީން ވަނީ މިއީ ބޭރު ސިފައިން ބޭރުކޮށް ގައުމު މިނިވަން ކުރަން ލިބޭނެ ހެޔޮ ފުރުސަތެއް ކަމަށްވެސް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، މުއިއްޒުއަށް، 101،180 ވޯޓު ލިބިވަޑައިގެންނެވިއެވެ.
އެންމެ ގާތުން މުއިއްޒު އާއި ވާދަކުރެއްވި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ، 85،935 ވޯޓެވެ.
މުއިއްޒުއަށް 46 އިންސައްތަ ލިބިވަޑައިގެންނެވިއިރު، އަދާލަތާއި އެމްޑީއޭގެ ކޯލިޝަނާއެކުގައި ނުކުތް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ، 85،935 ވޯޓެވެ.
ދެން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ، ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށެވެ. އޭނާއަށް ލިބިވަޑައިގަތީ، 15،600 ވޯޓެވެ. ޖޭޕީގެ ގާސިމް އިބްރާހީމަށް 5،610 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ގޮތުން ވާދަ ކުރެއްވި އުމަރު ނަސީރަށް، 6،324 ވޯޓު ލިބިވަޑައިގެންނެވިއެވެ.
އެމްއެންޕީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ނާޒިމްއަށް 1،860 ވޯޓު ލިބިވަޑައިގެންނެވިއިރު، އަމިއްލަ ގޮތުން ވާދަ ކުރެއްވި ޒަމީލަށް ލިބިވަޑައިގަތީ 341 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.
