ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަމްބަރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރަކީ، ހަމަ ކުރީގެވެސް ނަންބަރު ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް އެންމެ ގިނަ ވޯޓުލިބިގެން ވަޑައިގަތީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއެވެ.
ޑރ މުއިއްޒުގެ ކެންޑިޑޭޓު ނަމްބަރަކީ 4 އެކެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދަތުރު ކުރީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހެވެ. ސޯލިހުގެ ކެންޑިޑޭޓު ނަމްބަރަކީ 3 އެކެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.
