މިހާރު ވެރިކަމުގައި އޮތް އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ޕީޕީއެމްއަށް ބަދަލު ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގެ މައްސަލަ މިއަދު މަޖިލީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ހުދު އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ”ދަ ޑިމޮކްރެޓްސް“ގެ ޕާލަމެންޓަރީ ގްރޫޕެއް އެކުލަވާލައި، ޕީޖީ ލީޑަރެއް އައްޔަންކޮށް މަޖިލީހަށް ހުށަހެޅުމަށް އަދި ދުވަސްތަކެއް ފަހަރެއްގައި ނަގާނެކަން ފާހަގަކުރައްވައިފައެވެ.

އެހެން ކަމުން މިހާރު އޮތް ގޮތަށް ކޮމެޓީތައް އެކުލަވާލަން ފެންނަ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“ އަޅުގަނޑަށް ފެންނަ ގޮތުގައި ރަނގަޅު ގޮތަކީ، މި ކޮމެޓީތައް މިވަގުތު އެކުލަވާލުން މިހާރު އެކަން ކުރެވެން އޮތް ގޮތަކަށް. ކުރިއަށް އޮތްތަނުގައި އެމްޑީޕީގެ އެތައް މެންބަރުންނެއް ޕީޕީއެމްއަށް ބަދަލުވުމަކީ ވަރަށް އެކަށީގެންވާ ކަމެއްކަން އަޅުގަނޑަށްވެސް ފާހަގަވޭ. “ ނަޝީދު ވިދާޅުވިއެވެ.

އެހެން ކަމުގައިވިއަސް ކޮމެޓީތައް ހިންގަމުން ދިއުން ބޭނުންތެރިކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އެންމެ ފަހުން، އައި ބަދަލަކީ ފޮނަދޫ ދައިރާގެ މެންބަރު މޫސާ ސިރާޖު އެމްޑީޕީ ވަކިވުމެވެ.