އެމްޑީއޭގެ ލީޑަރު، އަހުމަދު ސިޔާމް މުހައްމަދު ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކަމަށް އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.
މި ވާހަކަތައް ދޮގު ކުރައްވައި، މައުރޫފް ”ސަން“އަށް ވިދާޅުވީ، އެމްޑީއޭގެ ރައީސް ސިޔާމާއި އެ ޕާޓީގެ މުޅި ލީޑާޝިޕް އޮތީ ރައީސް ސޯލިހުގެ ފަހަތްޕުޅުގައި ކަމަށެވެ.
”އަޅުގަނޑުމެންގެ އަޒުމާއި ހިތްވަރަށް ކުޑަކޮށް ވެސް ބަދަލެއް ނާންނާނެ. އަޅުގަނޑުމެންގެ މަސައްކަތްތައް އިހުނަށްވުރެ ބާރަށް ކުރިއަށްގެންދާނަން،“ މައުރޫފް ވިދާޅުވިއެވެ.
މީގެއިތުރުން މައުރޫފް ވަނީ އެފަދަ ވާހަކަތައް ބަޔަކު ފަތުރަމުން އަންނަނީ އެމްޑީއޭ އާއި އެމްޑީޕީ އަދި އަދާލަތު ޕާޓީގެ ގުޅިފައިވާ ކޯލިޝަން ބައިބައި ކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
މައުރޫފް ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ރައީސް ސޯލިހު ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
