ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެ އަމީން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރަސްގައެވެ.

ރޯވެފައިވަނީ ޓެރަސްގައި ޓިނުން ހަދާފައި ހުރި ތަނެއްގައި ކަމަށާއި، މި އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ލިބިފައިނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 08:39 ގައި ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.