ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަނަސް އަބްދުއް ސައްތާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަހުމަދު ނިހާދު އަބްދުއްސައްތާރު، އިދިކޮޅު ޕީޕީއެމާ ގުޅިއްޖެއެވެ.

އަނަސް އަކީ އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވައި، ނާކާމިޔާބީ އާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ބޭފުޅެކެވެ.

ނިހާދު ޕީޕީއެމާ ގުޅުނު ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާއި، ރަނިންމޭޓް، ހުސައިން މުހައްމަދު ލަތީފެވެ.

ނިހާދު ޕީޕީއެމާ ގުޅި، އިދިކޮޅު ކެންޑިޑޭޓް ޑރ.މުއިއްޒަށް ރިޔާސީ އިންތިހާބުގައި ތާޢީދުކުރަން ނިންމާފައިވާއިރު، އަނަސް ތާއީދު ކުރައްވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށެވެ.