ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝެއިހު އިމްރާނަކީ ކާހިނެއްތޯ، ޝެއިހު ސައުދާން ސުވާލު ކުރައްވައިފިއެވެ.
ޝެއިހް ސައުދާން މީސްމީޑިއާ އެޕް، އެކްސްގައި މި ސުވާލު ކުރެއްވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާއެއްގައި އިމްރާން ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެންނެވެ.
ސައުދާން ހިއްސާ ކުރެއްވި ވީޑިއޯގައި، އިމްރާާން ވިދާޅުވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، މި ސަރުކާރުން ދިން ގޯއްޗާއި ފްލެޓް ވެސް އަތުލާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ޝެއިހު އިމްރާނަކީ ކާހިނެއްތޯ އާއި ސިހުރުވެރިއެއްތޯ ސައުދާން އަދި ވަހީ އަންނަނީތޯ ވެސް ސައުދާން އެއްސެވިއެވެ.
"އަޅުގަނޑުމެންނަށް އެނގެނީ" ވަޙީ އައީ ތޯ؟
ނޫނީ ޣައިބު އެނގެނީ ތޯ؟
ނޫނީ ތީ ކާހިނެތް ތޯ؟
ނޫނީ ސިޙުރުވެރިއެއް ތޯ؟ބުނެބަލަ ކޮން ގޮތަކުންތޯ އެނގެނީ؟
ނޫނީ ޑރ.އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ހެކި ކަމަށް ދެއްކި ގަނޑުތައްފަދައިން ދޮގެއް ހަދާލާ ހިތްވީ ތޯ؟ pic.twitter.com/d8hSypnlrT
— Abdulla Saudhan 🇵🇸🇲🇻🤲 (@Saudhan) September 13, 2023
ޝެއިހު އިމްރާާން މީގެ ކުރިން ވަނީ މުއިއްޒުގެ ހިތްޕުޅަށް އަރާވަޑައިގަންނަވާ އެއްޗެހިވެސް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ހިޔާލީ ވާހަކަތަކެއް، ކެމްޕެއިން ޖަލްސާއެއްގައި ދައްކަވައިފައެވެ.

ޢެބުނާހެން ވާން ހުންނަ ކަންތަކުގެ ވާހަކަ ޖާހިލިއްޔަ ޒަމާނުގައި ދައްކާ އުޅުނީ ކާހިނުން. މާރިޔާމެން ފަދަ އިސްލާމްދީނާ ބެހޭ ގޮތުން އުޑެއް ބުޑެއް ނުދަންނަ ޖާހިލުން އެފަދަ ވާހަކަ ދެއްކިޔަސް މަ ހިތުން އިމްރާން އެފަދަ ވާހަކަ ދައްކައި ގެން ނުވާނެ. އެއީ އިމްރާނަކީ ޝޭޚެކޭ ބުނާތީ.އަދިވެސް އިޔާޒު ބުނާތި އަދާލަތު މީހުނަށް އިދިކޮޅު މީހުން ފުރައްސާރަ ކުރަނީއޭ. މިހާ ހިސާބަށް ދިޔައިމަ ފުރައްސާރަވެސް ކުރެވޭނެހެން ހީވަނީ.