ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން، ޔޫސުފް ރަފީއު ޔޫސޭ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ތާއީދުކުރަން ނިންމައިފިއެވެ.
ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ވެސް ޔޫސޭ ބައިވެރިވިއެވެ.
”ދިރިއުޅުމަކީ މިއީ ބާ؟“ އިން ދިވެހިންގެ ސަމާލުކަން ހޯދި ޔޫސޭ ވަނީ އޭނަގެ ފޭނުންނާއި އަދި ފޭނުން ނޫން މީހުން ވެސް ދިވެހި ގައުމަށްޓަކައި މުއިއްޒަށް ވޯޓު ދޭން އެދިފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގައެވެ.
