ދަނގެތި ދާއިރާގެ ރައްޔިތުން މި ސަރުކާރަށް ވޯޓު ދެއްވަން ޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތްކަމުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދަނގެތި ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭންގައި ދަނގެއްޗަށް ވަޑައިގެން ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މި ސަރުކާރުގެ މި ފަސް އަހަރުގައި ދަނގެތި ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި ދަނގެތި ރަށްތަކަށް މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް އިހުމާލު ވެފައިކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މަޖިލިސް ތެރެއިން ދަނގެތި ދާއިރާއަށް އެތައް ކަމެއް ކޮށްދެއްވުމަށް ބަޖެޓުގެ ތެރެއިންނާއި ބަޖެޓުން ބޭރުންވެސް މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް މި ސަރުކާރުން ކޮށް ނުދިން ކަމަށެވެ.

ދަނގެތީގައި މިހާރު ވެސް އެންމެ އަސާސީ ހިދުމަތްތައް ކަމުގައި ފެނާއި ނަރުދަމާގެ ހިދުމަތުން ރައްޔިތުން މަހުރޫމް ވެފައިވާ އިރު މި ސަރުކާރުން މި ކަންކަމަށް ދިނީ ބީރު ކަންފަތެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.