ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން، އަމިއްލަ ގޮތުން ވާދަކުރެއްވޮ ރިޔާސީ ކެންޑިޑޭޓު ފާރިސް މައުމޫނާއެކު ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކޯލިޝަނުން ބުނީ ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ޚާއްސަ ޓީމާއި ފާރިސް މައުމޫނާއެކު ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މިއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ޕީޕީއެމް-ޕީއެންސީގެ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ބުނެފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ފާރިސްމައުމޫންގެ މެނިފެސްޓޯގައި ހިމެނާފައިވާ މުހިއްމު ކަންކަން ތަންފީޒު ކުރެވޭނެ ގޮތްތަކަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައި ކަމަށް ވެސް އިދިކޮޅުން ވަނީ ވިދާޅުވެފައެވެ.
