ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބު ލިބުމަކީ ނާދިރު ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އެ މަނިކުފާނު މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއްގައިރއީސް ސޯލިހަށް ކާމިޔާބު ލިބުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.
އަދި އެމްޑީޕީ މިވަގުތު ވިސްނަންވީ އުފެދެން އުޅޭ ރިޔާާސަތުގެ ބާރުތަކާއި ގުޅޭގޮތުން ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.
ދެވަނަ ބުރެއްގައި ރައީސް ސޯލިހަށް ކާމިޔާބު ލިބުމަކީ ނާދިރު ކަމެއް ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު އިންތިޚާބުގައި ކޯލިޝަން ހެދުމަށް އެމްޑީޕީން އަންނަނީ ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާކުރަމުންނެވެ.
ކޯލިޝަން ހެދުމަށް، ރައީސް ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ޑިމޮކްރެޓްސްގެ ޝަރުތަކީ، މި މަހުގެ 25 ވަނަ ދުވަހު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމެވެ.
ިއިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ، މި މަހުގެ 30 ވަނަ ދުވަހުއެވެ.
