ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބައްދަލު ކުރައްވަން ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ލީޑަރު ޔާމީން އަބްދުލްގައްޔޫމް ދެކޮޅު ހައްދަވައިފިއެވެ.

ނަޝީދު ޔާމީނާއި ބައްދަލު ކުރައްވަން ބޭނުންފުޅުވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް މަޝްވަރާ ކުރުމަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީން ނަޝީދާއި ބައްދަލު ކުރައްވަން ބޭނުންފުޅުވެނުލައްވާކަން އެންގެވުމުން، ލިޔުމުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ ”ޑިމޮކްރެޓްސް“ އިން، ސިޔާސީ ޕާޓީތަކާއިއެކު ކޯލިޝަން ހަދަން ކުރި ޝަރުތަކީ ވެސް، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމާއި ގުޅޭ ވޯޓެއް ނެގުމެވެ.