ޖޭޕީގެ ކުރީގެ ރައީސް އަލީ ވަހީދު ޖުމުހޫރީ ޕާޓީ ދޫކޮށްލައިފިއެވެ.
އަލީ ވަހީދު ޖޭޕީން ވަކިވެޑައިގެންކަން ހާމަކުރައްވައި، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަރިހުގައި މަސައްކަތް ކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ އަގުހުރި ތަޖުރިބާއެއް ކަމަށެވެ.
އަދި މިއަދުން ފެށިގެން އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށާއި ގައުމާއި ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވިއެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީގައި ހޭދަ ކުރެއްވި ދުވަސްތަކުގެ ތެރޭގައި، ޕާޓީގެ ރައީސްގެ މަގާމު ވަނީ އަދާ ކުރައްވާފައެވެ. އަދި އޭގެ ފަހުން ޕާޓީ ލީޑަރު ގާސިމް އިބްރާހީމްގެ ހާއްސަ އެޑްވައިޒަރުގެ މަގާމު އަދާ ކުރެއްވިއިރު، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕާޓީގެ ކެނޑިޑޭޓް، ގާސިމްގެ އިންތިހާބީ އޭޖެންޓުގެ މަގާމު ވަނީ އަދާކުރައްވާފައެވެ.

ސިޔާސީ ކޫޑިއެއް
ދެފުއްކެހެރި އެކޭޭ ތީ. އެހެން ވީމަ ވާނީވެސް އެހެނެއްނުނ ��