ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ.
ޑޮކްޓަރުންގެ ލަފާގެ މަތިން އަދީބުގެ ބޭސްފަރުވާގެ ކަންކަން އަންނަ މަހު ވެސް ރާއްޖެ އިން ބޭރުގައި ކުރިއަށް ގެންދަން ސަރުކާރުން ހުއްދަ ދީފައިވާ ކަމަށާއި އަދީބުގެ ބޭސްފަރުވާގެ ކަންކަމުގައި ސަރުކާރުން ދެމުންދާ އެއްބާރުލުމަށް އޭނާގެ ޕާޓީ އެމްޓީޑީން ވަނީ ޝުކުރު އަދާކޮށްފައެވެ.
ބޭސްފަރުވާ އަށް އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ޖުލައި މަހުގެ ކުރީކޮޅުއެވެ.
އަދީބު މިރޭ ރާއްޖެ ވަޑައިގެންފައި މިވަނީ އޭނާ ބޭސް ފަރުވާކުރަން ދީފައިވާ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްދީފައި ވަނިކޮށެވެ.
އަދީބު ރާއްޖެ ވަޑައިގެންނެވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތާއީދު ހޯދުމަށް އެމްޓީޑީއާއި ވެސް ބައްދަލު ކުރެއްވިއެވެ.

ލާރިބަލާ ފޮނުވީ ދޯ