ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖު އެމްޑީޕީ ދޫކޮށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއި ގުޅިވަޑައިގެންފިއެވެ.
އޭނާ އަކީ ކުރިން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރެކެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް، ކުޅުދުއްދުށި ސިޓީގައި ބޭއްވި ޖަލްސާގައި ސިރާޖު ޕީޕީއެމްއަށް ސޮއިކުރައްވައި، ފޯމު ހަވާލު ކުރެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއާއި ޕީޕީއެމް ޕީއެންސީ ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމާއިއެވެ.
ރޭ ކުޅުދުއްފުށީގައި އޮތް ޖަލްސާގައި ގިނަ އަދަދެއްގެ ޒުވާނުންވެސް ވަނީ ޕީޕީއެމްއާއި ގުޅިފައެވެ. މިފޯމުތަކާއިވެސް ހަވާލުވެވަޑައިގަތީ މުއިއްޒުއެވެ.
