ރިޔާސީ އިންތިހާބަށް އެންމެ ހަފްތާއަކަށް ވުރެ ވެސް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، މާލެ ސަރަހައްދުން އިތުރު ގޯއްޗާއި ފްލެޓް ދޫކުރަން ނިންމައިފިއެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުން 4،000އަށް ވުުރެ ގިނަ ގޯއްޗާއި 6،000 ފްލެޓް ދޫކުރަން ނިންމާފައިވާ ކަމަށާއި، ގޯއްޗާއި ފްލެޓަށް މިއަދު ހުޅުވާލުމަށް ވަނީ ނިންމައިފައެވެ.
އިންތިހާބާއި ދިމާކޮށް ސަރުކާރުން ގޯތި ދޫކުރުމުން، ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ވެސް ކިޔަމުންނެވެ.
މި ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތިތައް ލިބުނު މީހުންނަށް ގޯތި ހަވާލުކުރަން މި މަހުގެ ކުރީކޮޅު ވަނީ ފަށައިފައެވެ.
”ބިންވެެރިޔާ“ ސްކީމުގައި ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ޝަރުތު ހަމަވާ 18،955 މީހަކު ހިމެނެއެވެ.
އަދި އެ އެންމެނަށް ގޯތި ލިބޭނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
