ކުރީގެ ނައިބު ރައީީސް ޖިހާދު އާއި އިތުރު ބައެއް ބޭފުޅުން މިރޭ އިދިކޮޅު ޕީޕީއެމްއާއި ގުޅިވަޑައިގެންފިއެވެ.
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު، މިރޭ ގިރާވަރު ކޮމިޓީ އާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، ޖިހާދު ވަނީ، ޖޭޕީ ދޫކުރައްވައި، ޕީޕީއެމަށް ސޮއި ކުރެއްވި ފޯމު، މުއިއްޒު އާއި ހަވާލު ކުރައްވައިފައެވެ.
ޖިހާދަކީ ރައީސް ޔާމީންގެ ވެރިކަމުގެ ތިންވަނަ އަދި ފަހު ނައިބު ރައީސް އެވެ. ރައީީސް ޔާމީންގެ ވެރިކަމުގައި ހެލްތު މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީ ހިންގެވި އިރުތިޝާމް އާދަމް ވެސް، ޖޭޕީ ދޫކުރައްވައި ޕީޕީއެމާއި ގުޅިވަޑައިގެންނެވިއެވެ. އޭނާ މިހައިތަނަށް ހުންނެވީ، ޖޭޕީގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައެވެ.
ޖިހާދާއި އިރުތިޝާމްގެ އިތުރުން ވެސް، ޖޭޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން މިރޭ ވަނީ ޕީޕީއެމާއި ގުޅިފައެވެ.
