ސަންތިމަރިޔަނބުގެ ބިރުވެރިކަމުގައި ޖެހި، ހަގީގީ ބިރުވެރިކަން ހަނދާން ނައްތާނުލުމަށް ހޯމް މިނިސްޓަރު އަދި އަދި އަދާލަތު ޕާޓީގެ ރައީސް، އައް ޝެއިޚު އިމްރާން ގޮވާލައްވައިފިއެވެ.
ރޭ އެމްޑީޕީން ”ސޯސަން ޖަގަހަ“ގައި ބޭއްވި ކެމްޕެއިން ޖަލްސާގައި، ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ”ހިޔާލީ ބިރުވެރި ކަމެއް“ގެ ގޮތުގައި އިމްރާން ސިފަ ކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ރައްޔިތުން ވޯޓުލީ ހިޔާލީ ބިރުވެރިކަމެއްގައި ޖެހިގެން ތިބެ ކަމަށާއި، މި މަހުގެ 30 ވަނަ ދުވަހު ނުކުމެ ވޯޓުލާއިރު، އެ ބިރުވެރިކަމުގައި ޖެހިގެން ނުވާނެ ކަމަށެވެ.
”އާދެ، އެބޭފުޅުން އަޅުގަނޑުމެންނަށް، މިދިޔަ ތިން އަހަރު، ހަތަރު އަހަރު، ފަސް އަހަރު ވަރަށް ބޮޑު ހިޔާލީ ބިރުވެރި ކަމެއް ދެއްކި. އިންޑިއާ ސިފައިންނޭ، ދިވެހިރާއްޖޭގެ މިނިވަންކަމޭ.“ އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ، އެމްޑީޕީ އާއި ވާދަވެރި ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ އެޖެންޑާގެ އެންމެ ފުރަތަމަ ކަމަކަށް އޮތީ ބަދަލު ހިފުން ކަމަށާއި، ދެން އޮތީ އަނިޔާވެރިވުމާއި ޖަލަށް ލުން ކަމަށެވެ.

އަސްލީ ”ސަންތި މަރިޔަބު “ އަކީ ސޭކު އިމުރާނު.
މެޑެލްޖައްސަވާއިގެން ހުންނަވާ ސާބިތެއްނުވާވާހަކަ ދެއްކީމ ވާނީ ފަސާދައަ އަކަށެވެ. މިއީ ދައްޖާލުންގެސިފަ މީސްތަކުންނޭ ދައްޖާލު އަރާކުރާނީވެސް ހަމަމިކަން މިތަނުގައި ފަސާދަ .ޢާންމުކޮށްފ.
ވަޒީފާގެ ދަހިވެތިކަމުގައިޖެހި އާޚިރަތް ނަގާނުލާށެވެ