ވެރިރަށް މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ގޯތި ދެއްވާނީ ކ. އުތުރުތިލަފަޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ހަ ދުވަހަށް ވުމުން، ރައީސް މި ވައުދުވެވަޑައިގެންނެވީ، ރޭ އެމްޑީޕީން ”ސޯސަން ޖަގަހަ“ގައި ބޭއްވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ މާލޭގައި އުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވީ މީހުންނަށް ފްލެޓާއި ގޯތި ދިނުމުގެ ހައުސިން ސްކީމް މިރޭ ހުޅުވާލާނެ ކަމަށެވެ.

އެ ސްކީމުން މާލޭގައި އުޅޭތާ 20 އަހަރުވީ މީހުންނާއި ދަފުތަރުގައި ޖެހިގެން އުޅޭތާ 20 އަހަރުވީ އެންމެންނަށް ގޯތި ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެ ގޯތިތައް ދިނުމަށް ނިންމާފައިވާ އެއް ތަނަކީ އުތުރުތިލަފަޅު ކަމަށާއި އެތަނުގައި ދިރިއުޅޭނީ ދިވެހިން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ވެރިކަމުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށް ވުމުން، ރައީސް ސޯލިހު ގެންދަވަނީ ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގަންނަވަމުންނެވެ. އެމަނިކުފާނުގެ ގިނަ ވައުދުތައް ދެކޮޅު ނުޖެހޭ ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.

ު